Saturday, November 14
އިންޑިއާގެ ބޮޑު ވަޒީރުގެ ހާއްސަ މަންދޫބު، ވަޒީރު ޑރ. ޚަލީލާ ބައްދަލުކުރައްވައިފި

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ހާއްސަ މަންދޫބު، އިންޑިއާގެ މިނިސްޓަރ އޮފް ސިވިލް އޭވިއޭޝަން، ހިޒް އެކަސަލަންސީ ކިންޖަރަޕޫ ރާމް މޯހަން ނައިޑު، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. އަބްދުﷲ ޚަލީލްއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު ބޭއްވި މި ބައްދަލުވުމުގައި އިންޑިއާ ގެ ސިވިލް އޭވިއޭޝަންއަށް، މިނިސްޓަރ ޑރ. ހަލީލް މަރުޚަބާ ދަންނަވާ، ޒަމާނުއްސުރެ އިންޑިއާއިން ރާއްޖެއަށް ދެއްވަމުންގެންދަވާ އެހީތެރިކަމަށް ޝުކުރު އަދާކުރެއްވިއެެވެ. އަދި، ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ދެ ވަޒީރުން މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުވުމުގައި ވަޒީރު ޑރ. ޚަލީލްގެ އަރިހުގައި ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާ، މިނިސްޓަރ އޮފް ސްޓޭޓް ފޮ ފޮރިން އެފެއާޒް އަބްދުﷲ ހަމީދު، ދިވެހިރާއްޖެއިން އިންޑިއާ އަށް ކަނޑައަޅާފައި ހުންނަ ސަފީރު، އާއިޟަތު އަޒީމާ، ޖޮއިން ސެކްރެޓަރީ ޑރ. އިބްރާހިމް ޒުހުރީ އަދި ޑިރެކްޓަރ އާއިޝަތު ޝަހުލާ ބައިވެރިވެވަޑައިގެންނެވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު