Saturday, November 14
އޯޒޯން ފަށަލަ ހިމާޔަތްކުރުމުގެ މަސައްކަތްތައް ހަރުދަނާކުރުމަށް ރާއްޖެއިން ގޮވާލައިފި

އޯޒޯން ފަށަލަ ހިމާޔަތްކުރުމަށް ހެދިފައިވާ މުހިންމު ޕްރޮޓޮކޯލްތަކުގެ މަޤްޞަދުތައް ހާސިލްކުރުމަށްޓަކައި، ދުނިޔޭގެ އެންމެން ގުޅިގެން މަސައްކަތްކުރުމަށް ސްޓޭޓް މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް، މުޙައްމަދު ފާއިޒް ގޮވާލައްވައިފިއެވެ.

މިގޮތުން ކެންޔާގެ ނައިރޯބީގައި ކުރިއަށްދާ މޮޕް37 ގެ ހައި-ލެވެލް ސެގްމަންޓްގައި ވާހަކަފު ޅުދައްކަވަމުން ސްޓޭޓް މިނިސްޓަރ މުޙައްމަދު ފާއިޒް ވިދާޅުވީ، އޯޒޯން ފަށަލައަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ކޮންމެ ޤައުމަކުންވެސް ގުޅިގެން މަސައްކަތްކުރުން މުހިންމު ކަމަށެވެ. އަދި ޕްރޮޓޮކޯލްތަކުން ކަނޑައަޅާފައިވާ އަމާޒުތަކަށް ވާސިލްވުމަށްޓަކައި، ދެމިހުންނަ އަޒުމާއެކު މަސައްކަތްތައް ކުރިއަށް ގެންދިއުމަށްވެސް އެދިވަޑައިގަތެވެ.

މި ބައްދަލުވުމަކީ އޯޒޯން ފަށަލަ ހިމާޔަތްކުރުމާ ގުޅޭ ދުނިޔޭގެ ފެންވަރުގެ މަޝްވަރާތައްކޮށް، ކުރިއަށް އޮތްތަނުގައި މި މަސައްކަތްތައް އިތުރަށް ހަރުދަނާކުރެވިދާނެ ގޮތްތަކާއި ބެހޭގޮތުން ވާހަކަ ދައްކާ ބައްދަލުވުމެކެވެ.

ދިވެހިރާއްޖެއަކީ ކުދި ޖަޒީރާ ޤައުމެއްގެ ހައިސިއްޔަތުން މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރިމަތިވާ އެއް ޤައުމުކަމަށްވާއިރު، އޯޒޯން ފަށަލަ ހިމާޔަތްކުރުމަށް ދެވޭ ސަމާލުކަމަކީ ރާއްޖެއަށްވެސް ވަރަށް މުހިންމު ކަމެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު