Saturday, November 14
ހިތަދޫގައި ޤައުމީ ކުތުބުޚާނާގެ ގޮތްޕެއް ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި

އައްޑޫ ސިޓީ ހިތަދޫގައި ޤައުމީ ކުތުބާޚާނާގެ ގޮތްޕެއް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

މިކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވަޒީރު، އިބްރާހީމް ވަޙީދެވެ.

މި ރަސްމިއްޔާތުގައި ކެބިނެޓު މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ، ޑީސީޕީ (ރިޓަޔަރޑް) އަޙުމަދު ސަޢުދީ އާއި، އައްޑޫ ސިޓީ ކައުންސިލްގެ މެންބަރުން އަދި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަޝްރޫޢުގެ ދަށުން 11،250 އަކަފޫޓުގެ ސަރަހައްދެއްގައި ދެ ފަންގިފިލާގެ އިމާރާތެއް ބިނާ ކުރާނެއެވެ. މިއިން ކޮންމެ ފަންގިފިލާއެއްގައި 5،625 އަކަފޫޓު ހުންނާނެއެވެ.

މިއީ 15.18 މިލިއަން ރުފިޔާއަށް 390 ދުވަހުގެ ތެރޭގައި ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު