ގައި، މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް އޮނަރަބަލް ޠާރިޤް އިބްރާހިމް ތުރުކީގެ ކަލްޗަރ އެންޑް ޓޫރިޒަމް މިނިސްޓަރު، ހިޒް އެކްސެލެންސީ މެހެމެތު އާސޮއީއާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުން ކުރިއަށްދިޔައީ ލަންޑަންގައި ކުރިއަށްދާ ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިއު.ޓީ.އެމް) 2025 ގައެވެ.
މި ބައްދަލުވުމުގައި، ދިވެހިރާއްޖެއާއި ތުރުކީއަކީ ގާތް ގުޅުމެއް އޮންނަ ދެ މިތުރު ޤައުމުކަމާއި، ދިވެހިރާއްޖޭގެ މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވާފައިވެއެވެ. އަދި ދެޤައުމުގެ ފަތުރުވެރިކަމުގެ ދާއިރާގައި ގުޅުން ބަދަހިކުރުމާއި އައު ފުރުސަތުތަކާ ގުޅޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާކުރައްވާފައިވެއެވެ.
ޑަބްލިއު.ޓީ.އެމް 2025 އަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ އެންމެ ބޮޑެތި އިވެންޓްތަކުގެ ތެރެއިން އެއް އިވެންޓް ކަމަށް ވާތީ، މި ބައްދަލުވުމުގެ ސަބަބުން ދިވެހިރާއްޖެއާއި ތުރުކީއާ ދެމެދު އޮންނަ ގުޅުން އިތުރަށް ވަރުގަދަވެ، ދެ ޤައުމުގެ އިޤްތިޞާދީ ގުޅުމަށް މުހިއްމު ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް ބެލެވެއެވެ. މި މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން ދެ ޤައުމުގެ ފަތުރުވެރިކަމުގެ ސިނާއަތަށް އާ އުންމީދުތަކެއް ގެނެސްދޭނެކަމަށް ވެސް އުއްމީދުކުރެވެއެވެ.




