Saturday, November 14
ސަރުކާރަށް ދެ އަހަރު ފުރުމާ ދިމާކޮށް ޕީއެންސީގެ ބޮޑު ޖަލްސާއެއް ނޮވެންބަރު 14 ގައި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ދެ އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ޚާއްޞަ ޖަލްސާއެއް ބޭއްވުމަށް ނިންމައިފިއެވެ. ޕީއެންސީން ހާމަކޮށްފައިވާ ގޮތުގައި މި ޖަލްސާ އޮންނާނީ މި ނޮވެންބަރު މަހުގެ 14 ވަނަ ދުވަހުގެ 20:30 ގައި މާލޭ އާޓިފިޝަލް ބީޗުގައެވެ. އަދި މި ޖަލްސާގައި ރައީސް ޑރ. މުޢިއްޒު ބައިވެރިވެވަޑައިގަންނަވާނެ ކަމަށްވެސް ޕީއެންސީން ހާމަކުރެއެވެ. ރައީސް ޑރ. މުޢިއްޒުގެ ސަރުކާރަށް ދެ އަހަރު ފުރިގެންދާއިރު، އެމަނިކުފާނުގެ ސަރުކާރުން ވަނީ ގިނަ ކަންތައްތަކެއް ހާސިލުކުރައްވައިފައެވެ. މިގޮތުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމްކުރެވިފައިވާއިރު، ރައީސް ޑރ. މުޢިއްޒު ވަނީ ޤައުމުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން، ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ރެކޯޑް މުއްދަތެއްގެ ތެރޭގައި ޒިޔާރަތްކުރައްވައި، ތާރީޚީ ކާމިޔާބީއެއް ޙާޞިލުކުރައްވައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު