Thursday, November 5
ކޮރަޕްޝަނެއްގެ ތުހުމަތުގައި ހަތަރު ފުލުހަކު ސަސްޕެންޑުކޮށްފި

ށ. މިލަންދޫ ފުލުސް އޮފީހުގައި މަސައްކަތް ކުރާ ހަތަރު ފުލުހަކު ވަޒީފާއިން ވަކިކުރުމަށް ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ލަފާ ދޭން ނިންމައިފި އެވެ. މި ފިޔަވަޅު އަޅާފައިވަނީ އެ ފުލުހުންގެ ބޭންކު އެކައުންޓުތަކަށް ގިނަ އަދަދެއްގެ ފައިސާ ނާޖާއިޒު ގޮތުގައި ވަދެފައިވާ ކަމުގެ ތުހުމަތާ ގުޅިގެންނެވެ.

މި މައްސަލަ ތަހުގީގު ކޮށްފައިވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑް (ޕީ.އެސް.ސީ) އިންނެވެ. ތަހުގީގު ނިންމުމަށްފަހު މައްސަލަ ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅުމުން، ހަތަރު ފުލުހުން ވަޒީފާއިން ވަކިކުރުމަށް ލަފާ ދިނުމަށް އެ ބޯޑުން ނިންމާފައިވާ ކަމަށް ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވެ އެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި މި މައްސަލައާ ގުޅިގެން ހަމައެކަނި މި ހަތަރު ފުލުހުންގެ މައްސަލަ އެކަންޏެއް ނޫން ބަލާފައިވަނީ. އިތުރު ފުލުހުންތަކެއްގެ މައްސަލަ ވެސް ބަލާފައިވާ ކަމަށާއި، އޭގެ ތެރެއިން ބައެއް ފުލުހުންގެ މައްސަލަތަކުގައި ޑީމޯޓު ކުރުމުގެ ފިޔަވަޅު އަޅަން ވެސް ނިންމާފައިވާ ކަމަށް ފުލުހުން ހާމަކުރެ އެވެ.

ފުލުހުންގެ މި ނިންމުން ހާމަކޮށްފައިވަނީ ސޯޝަލް މީޑިއާގައި މިކަމާ ގުޅޭ މައުލޫމާތުތަކެއް ފެތުރެން ފެށުމާ ގުޅިގެންނެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޕޯސްޓުތަކުގައި ބުނެފައިވަނީ އެ ފުލުހުންގެ އެކައުންޓަށް ވަދެފައިވާ ފައިސާއަކީ ކޭޓަރިން ހިދުމަތުގެ ތެރެއިން ނާޖާއިޒު ގޮތުގައި ހޯދާފައިވާ ފައިސާ ކަމަށެވެ. އަދި މި މައްސަލައިގައި ޖުމްލަ 20 ފުލުހަކު ހިމެނޭ ކަމަށް ވެސް ސޯޝަލް މީޑިއާގެ ޕޯސްޓުތަކުގައި ބުނެފައިވެ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު