Thursday, November 5
ތިމަރަފުށިން ޑްރަގާއެކު މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ތ. ތިމަރަފުށިން މީހަކު ހައްޔަރުކޮށްފިއެވެ.

މިގޮތުން ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ތިމަރަފުށި ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަންގައި މި އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުންމި ހައްޔަރުކޮށްފައި ވަނީ ތ. ތިމަރަފުށި / ވިލާ، އާމިނަތު ނިސާ (40އ) އެވެ.

ފުލުހުން ބުނީ އޭނާ ބަލައިފާސްކުރަން އުޅުނު ވަގުތު އޭނާގެ ހަށިގަނޑުގެ ތެރެއިން ބިންމައްޗަށް ވެއްޓުނު އެއްޗެއް ނަގައި ދިރުވައިލާފައިވާ ކަމަށާއި، އެ ތަކެތި ނަގައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަަށް ބެލެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދަށް ކޯޓުން 30 ދުވަސް ޖަހާފައިވާއިރު، ފުލުހުން ދަނީ މި މައްސަލަ ތަޙުޤީޤު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު