މީޑިޔާ ރެގިއުލޭޓުކުރުމުގެ ގާނޫނުގެ ދަށުން އުފައްދާ މީޑިޔާ ރެގިއުލޭޓުކުރާ ކޮމިޝަނުގައި މީޑިޔާތައް ތަމްސީލުކުރާ ހަތަރު މެންބަރުން އިންތިހާބުކުރުމަށް ނަގާ ވޯޓުގައި ބައިވެރިވުމުގެ ހައްގު ލިބިފައިވާ މީޑިޔާތަކުގެ ލިސްޓު އިލެކްޝަންސް ކޮމިޝަނުން އާއްމުކޮށްފިއެވެ.
ސަރުކާރުގެ ގެޒެޓުގައި މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީޑިޔާތަކާއި ބްރޯޑްކާސްޓަރުންގެ ލިސްޓު ޝާއިއުކޮށްފަައިވާއިރު، އެ ލިސްޓުގައި 353 މީޑިޔާއެއް އަދި ބްރޮޑްކާސްޓަރެއްގެ ނަން ހިމެނެއެވެ. އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މާދަމާ މެންދުރު 3:00 އާ ހަމައަށް އޮންނާނެއެވެ.
އޭ މެއިލް މެދުވެރިކޮށް ޝަކުވާ ބަލައިގަންނާނެ ކަމުގައި އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ. އަދި ކޮމިޝަނުގެ ވެބްސައިޓާއި އިދާރާއިން ޝަަކުވާ ހުށަހަޅާ ފޯމު ލިބޭނެއެވެ.
މީޑިޔާ ކޮމިޝަަނުގައި މީޑިޔާތައް ތަމްސީލުކުރާ ހަތަރު މެންބަރުން އިންތިހާބުކުރުމުގެ ވޯޓު ނެގުން އޮންނާނީ އަންނަ މަހުގެ 11 ވަނަ ދވަހުއެވެ.





