Thursday, November 5
ތިމަރަފުށީ ފުޓްސަލް ދަނޑުގެ ޢަމަލީ މަސައްކަތް ފަށައިފި

ތ. ތިމަރަފުށި ފުޓްސަލް ދަނޑު ޤާއިމްކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

ތިމަރަފުށީ ފުޓްސަލް ދަނޑުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަބްދުﷲ ރާފިޢުއެވެ. އަދި އަރިހުގައި ތިމަރަފުށި ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ރިޔާޟް، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޡީމް އަދި ތިމަރަފުށި ކައުންސިލްގެ ރައީސް، އިސްމާއިލް އިބްރާހިމް ވެސް ބައިވެރިވެވަޑައިގަތެވެ.

ތިމަރަފުށި ފުޓްސަލް ދަނޑު ޤާއިމްކުރުމުގެ މަސައްކަތް ފެށީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ތިމަރަފުށްޓަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައެވެ.

މިއީ ސަރުކާރުން އާރުޑީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު