Tuesday, November 3
ވިލުފުށީ 30 އެނދުގެ ހޮސްޕިޓަލުގެ ބިންގާ އަޅައިފި

ވިލުފުށީ ހޮސްޕިޓަލުގެ އަމަލީ މަސައްކަަތް މިއަދު ފަށައިފިއެވެ.

ވިލުފުށީގައި އިމާރާތްކުރާ 30 އެނދުގެ ހޮސްޕިޓަލުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާއެވެ.

މި ރަސްމިއްޔާތުގައި ހޮސްޕިޓަލުގެ ބިންގާ އަޅުއްވައިދެއްވީ ސިއްޙީ ވަޒީރު އަބްދުﷲ ނާޒިމް އިބްރާޙިމެވެ. މި ރަސްމިއްޔާތުގައި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ސައުދީއާއި، މެންބަރާއި ކައުންސިލް ރައީސްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ވިލުފުށީ ހޮސްޕިޓަލުގެ މަސައްކަތް ޢަމަލީ ގޮތުން ފައްޓަވައި، ގިނަވެގެން އަށާރަ މަސްދުވަސް ތެރޭ، ފުރިހަމަ، ޒަމާނީ ހޮސްޕިޓަލެއްގެ ގޮތުގައި އެތަން ރަށާ ހަވާލުކުރައްވާނޭކަމަށް ރައީސުލްޖުމުހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒު ރޭ އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާ ދެއްކެވިވާހަކަފުޅުގައި ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު