Tuesday, November 3
މަޑިފުށީ ޞިއްހީ މަރުކަޒަށް އިތުރުކުރެވޭ އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފި
ތ. މަޑިފުށީ ޞިއްޙީ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތުގެ އަމަލީމަސައްކަތް މިއަދު ފަށައިފިއެވެ. މި މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ، ރައިސުލްޖުމުހޫރިއްޔާ މިއަދު ތ މަޑިފުއްޓަށް ވަޑައިގެން އެރަށުގައި ބެއްވި ޚާއްސަ ރަސްމިއްޔާތެއްގައި ހެލްތު މިނިސްޓަރ އަބުދުﷲ ނާޒިމް އިބްރާހީމްއެވެ. މީގެ އިތުރުން ވެމްކޯ ގެ އިސްވެރިންނާއި ރަށު ކައުންސިލް މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ތ. މަޑިފުށީ ޞިއްޙީ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ އާދީއްތަ ދުވަހުއެވެ.

މިމަސައްކަތް ހަވާލުކުރީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އާއެވެ.

ޞިއްޙީ ވުޒާރާގައި މިކަމަށް ޓަކާ ބޭއްވި ޙައްސާ ހަފްލާގައި، މިނިސްޓްރީގެ ފަރާތުން ސޮައިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު އިސްމާޢިލް ޢަބްދުﷲ އެވެ. އަދި ވެމްކޯގެ ފަރާތުން ސޮައިކުރެއްވީ ޖެނެރަލް މެނޭޖަރ، ބިޒިނަސް ޑެވެލޮޕްމަންޓް އެންޑް މާކެޓިންގ - އިސްމާޢިލް އުބައިދެވެ.

މި ޕްރޮޖެކްޓް އަކީ 12.8 މިލިއަން ރުފިޔާ އަށް 325 ދުވަސްތެރޭގައި ނިންމުމަށް ހަވާލޮށްފައިވާ ޕްރޮޖެކްޓެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު