Tuesday, November 3
ފޭސް 2 ގެ ޖެނެރަލް ޕްރެކްޓިސް ކްލިނިކް 24 ގަޑިއިރަށް ބަދަލުކޮށްފި

‎މިރެއިން ފެށިގެން ހުޅުމާލެ ފޭސް 2 ގައި ޤާއިމްކުރެވިފައިވާ ހުޅުމާލެ ހޮސްޕިޓަލްްގެ ޖެނެރަލް ޕްރެކްޓިސް ކްލިނިކުން 24 ގަޑިއިރު ޚިދުމަތްދިނުމަށް ނިންމައިފިއެވެ.މިއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިއްހީ  ސިޔާސަތާ އެއްގޮތަށް، ޞިއްޙީ ދާއިރާ ތަރައްޤީކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން، ކުރިން އެންމެ ޝިފްޓެއްގައި ހިންގަމުން އައި މި ކްލިނިކް، 2024 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 23 ވަނަ ދުވަހު ދެ ޝިފްޓަށް ފުޅާކުރުމަށް ނިންމި ނިންމުމެކެވެ.

މިރެއިން ފެށިގެން މި ކްލިނިކުން ހުކުރު ދުވަސް ފިޔަވައި ހަފުތާގެ ކޮންމެ ދުވަހަކު 24 ގަޑިއިރު ޚިދުމަތް ލިބޭނެެއެވެ.

‎މި ކަމުން ހުޅުމާލެ ފޭސް 2 ގައި ދިރިއުޅުއްވާ ރައްޔިތުންނަށް އިތުރު ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށާއި މި ފިޔަވަޅުގެ ސަބަބުން މި ސަރަޙައްދުގެ ކޮންމެ ޢާއިލާއަކަށްވެސް އުންމީދާއި، ހިތްހަމަޖެހުމާއި، އިތުބާރުހުރި ޞިއްޙީ ފަރުވާ ގާތުން ލިބިގެންދާނެ ކަމަށް މާލޭގްރޫޕް އޮފް ހޮސްޕިޓަލްގެ ސީއީއޯ އަވުދުއް ރައްޒާގް ހަލީމް ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު