Tuesday, November 3
އަރްމީނިއާ އާއި މަލްޓާގެ މިނިވަން ދުވަހުގެ ތަހުނިޔާ ޚާރިޖީ ވަޒީރު ފޮނުއްވައިފި

މަލްޓާ އަދި އަރްމީނިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރަށް  ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، ޑޮކްޓަރ ޢަބްދުﷲ ޚަލީލް، ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ.

‏‎އެދެބޭފުޅުންނަށް ވަކިވަކިން ޚާރިޖީ ވަޒީރު ޑރ. އަބުދުﷲ ޚަލީލް ފޮނުއްވި މެސެޖުގައި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، ދެޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް މިނިވަން ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައްފޮނުއްވިއެވެ.

ދިވެހިރާއްޖެ އާއި އަރްމީނިއާ އަދި މަލްޓާއާ ދެމެދުގައި ގާއިމުވެފައިވާ ގުޅުން ކުރިއަށް އޮތްތާނގައި އިތުރަށް ބަދަހިވެގެންދާނެ ކަމަށް އަޅުގަނޑު އުންމީދުކުރާކަމަށް ވެސް ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު