Tuesday, November 3
ދަނރަބޫދޫ ޞިއްހީ މަރުކަޒުގެ ބިންގާ އަޅައިފި

ދަރަނބޫދޫ ޞިއްޙީ މަރުކަޒުތަކުގެ ބިންގާ މިއަދު އަޅައިފިއެވެ.

ހެލްތު ސެންޓަރުގެ ބިންގާ އެޅުއްވީ ހެލްތު މިނިސްޓަރ އަބުދުﷲ ނާޒިމް އިބްރާހީމްއެވެ.

ހެލްތު ސެންޓަރުގެ ބިންގާ އެޅީ ރައީސުލްޖުމްހޫރިއްޔާ އެރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.

ދަރަނބޫދޫ ޞިއްޙީ މަރުކަޒުތަކުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސަމާލު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. ދަރަނބޫދޫ ޞިއްޙީމަރުކަޒުގެ މަސައްކަތަށް 4.8 މިލިއަން ރުފިޔާ ސަރުކާރުން ހޭދަކުރާނެއެވެ. މި މަސައްކަތް ހަވާލުކުރީ މިއަހަރުގެ ޖުލައިމަހުގައެވެ. އެއީ ދުއިސައްތަ ދިހަ ދުވަހުން މަސައްކަތް ނިންމުމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު