Tuesday, November 3
ކެޔޮދޫ ސްކޫލް އައު އިމާރާތުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

ކެޔޮދޫ ސްކޫލްގެ އައު އިމާރާތުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއާ ހަވާލުކުރައްވައިފިއެވެ.

ކެޔޮދޫ ހަދާ 4 ބުރީގެ ސްކޫލް އިމާރާތުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ވ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކެޔޮދޫއަށް ވަޑައިގެން ބޭއްވެވި ރަސްމިއްޔާތުގައެވެ.

ކެޔޮދޫ ސްކޫލުގެ އައު އިމާރާތް އެޅުމުގެ އެއްބަސްވުމުގައި ތަޢުލީމީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢަބްދުއްލަޠީފް މުޙައްމަދެވެ. އެމްޓީސީސީން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސައުދީއެވެ.

ކެޔޮދޫ ސްކޫލް އައު އިމާރާތް ކުރުމުގެ މަޝްރޫއުގެ ދަށުން 11 ކްލާސްރޫމާއ،ި 1 ސްޓާފްރޫމާއ،ި 1 ކޮމްޕިއުޓަރ ލެބާއ،ި 1 ސައިންސް ލެބް އިމާރާތްކުރުމަށް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން ވިދާޅުވިއެވެ.

މި މަޝްރޫޢު އެމްޓިސީސީއާ ހަވާލުކުރައްވާފައިވަނީ 23.79 މިލިއަން ރުފިޔާއަށް 360 ދުވަސްތެރޭ ނިންމުމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު