Tuesday, November 3
ޕާކިސްތަނުގައި އޮތް ގުރުއާން މުބާރާތެއްގައި ބއިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ފަސްޓް އިންޓަރނޭޝަނަލް ޤިރާއަތު ކޮމްޕެޓިޝަން ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ 2025 އަހަރު ފަހުކޮޅު ޕާކިސްތާނުގެ އިސްލާމްއާބާދުގައި، އެ ޤައުމުގެ މިނިސްޓްރީ އޮފް ރިލިޖަސް އެފެއަރޒް އެންޑް އިންޓަރފެއިތު ހަރމަނީ އިން އިންތިޒާމުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ "ފަސްޓް އިންޓަރނޭޝަނަލް ޤިރާއަތު ކޮމްޕެޓިޝަން" ޤުރްއާން މުބާރާތުގައި ބައިވެރިވުމަށް ދިވެހިރާއްޖެއަށް ވަނީ ދަޢުވަތު ލިބިފައިވާ ކަމަށެވެ.

ބައިވެރިވުމުގެ ޝަރުޠުތައް:

  • ދިވެހި ރައްޔިތަކަށްވުން.
  • ފިރިހެނަކަށްވުން.
  • ޢުމުރުން 25 އަހަރާއި 35 އަހަރާއި ދެމެދުގެ މީހަކަށްވުން.
  • ތަޖުވީދުގެ ހަމަތަކާއެކު ފަރިތަކޮށް ޤުރްއާން ކިޔަވަން އެނގުން.

ޤިރާއަތްތަކަށް ކިޔަވަން އެނގޭ، ކީރިތި ޤުރްއާން ހިތުދަސް ޙާފިޡަކަށް އިސްކަން ދެވޭނެ ކަމަށް އކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން މައުލޫމާތުދެއެވެ.

މި މުބާރާތަކީ ހަމައެކަނި ފިރިހެން ބޭފުޅުންނަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލެވިފައިވާ މުބާރާތެއް ކަމަށާއި މުބާރާތުގައި ބައިވެރިކުރުމަށް ރާއްޖެއަށް ފުރުސަތު ލިބިފައިވަނީ އެންމެ ބައިވެރިއަކަށް ކަމަށް ކީރިތި ޤުރުއާނާބެހޭ މަރުކަޒުން މައުލޫމާތުދެއެވެ. އެހެންކަމުން މުބާރާތުގައި ބައިވެރިކުރުމަށް ހޮވާނީ އެންމެ ބައިވެރިއެކެވެ.

މި މުބާރާތަށް ބައިވެރިއަކު ހޮވާނީ މިކަމަށް އެދި ހުށަހަޅާ ފަރާތްތައް މި މަރުކަޒުން އިމްތިޙާނު ކުރުމަށްފަހު ކަމަށާއި މިގޮތުން އިމްތިޙާނުކުރުމުގައި ތަޖުވީދަށާއި، ކިޔެވުމުގެ ފަރިތަކަމަށާއި، ކިޔެވުމުގެ ހުނަރާއި އަޑާއި ރާގަށް ބެލޭނެއެވެ. އަދި ޙިފްޡުގެ ފެންވަރަށްވެސް ރިޢާޔަތްކުރެވޭނެއެވެ.

މުބާރާތުގައި ބައިވެރިވާ ފަރާތުން ޕާކިސްތާނަށް ދިޔުމާއި އައުމުގެ ޓިކެޓާއި، ޕާކިސްތާނުގައި ހުރުމާއި ކެއުމުގެ ޚަރަދު މުބާރާތް ބާއްވާ ފަރާތުން ހަމަޖައްސަވައި ދެއްވާނެއެވެ. މިގޮތުން މުބާރާތް އިންތިޒާމުކުރާފަރާތުން މި އިންތިޒާމުތައް ހަމަޖައްސަވައިދެއްވާނީ ހަމައެކަނި ބައިވެރިވާ ފަރާތަށް އެކަނިކަމަށްވެސް ކީރިތި ޤުރުއާނާބެހޭ މަރުކަޒުން މައުލޫމާތުދެއެވެ.

 

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު