Tuesday, November 3
އޮސްޓްރޭލިއާގެ އިންޑޯ-ޕެސިފިކް އެންޑެވަރގެ ކޮމާންޑަރ ދިފާޢީ ވަޒީރާ ބައްދަލުކުރައްވައިފި

އޮސްޓްރޭލިއާގެ އިންޑޯ-ޕެސިފިކް އެންޑެވަރގެ ކޮމާންޑަރ، ބްރިގޭޑިއަރ ޖެނިފަރ ހެރިސް، ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫނާ ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމުގައި، ދެ ޤައުމުގެ ދެމެދުގައިވާ ދިފާޢީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާއި، އިންޑޯ-ޕެސިފިކް އެންޑެވަރގެ ޙަރަކާތްތަކާއި އަދި ދެ ފަރާތުގެ ދެމެދުގައިވާ ގުޅުން އިތުރަށް ހަރުދަނާކުރުމަށްޓަކައި، އެއްބާރުލުން އިތުރުކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަމަށް ދިފާޢީ ވުޒާރާއިން މައުލޫމާތުދެއެވެ.

އަދި ކޮމާންޑަރ ބްރިގޭޑިއަރ ޖެނިފަރ ހެރިސް ބައްދަލުކުރެއްވީތީ އާއި މި ބައްދަލުވުމުގައި މަޝްވަރާކުރެވުނު މުހިންމު ކަންތައްތައް ފާހަގަކުރައްވައި ދިފާޢީ ވަޒީރު އެކަމަށް ޝުކުރުއަދާކުރެއްވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު