Tuesday, November 3
ސީއެސްސީގެ ރައީސް ކަމަށް މުޖުތާޒް، ނާއިބް ރައީސް ކަމަށް ނާސިހް އައްޔަން ކުރަން ފާސްކޮށްފި

ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް ކަމުގެ މަޤާމަށް، މިހާރު އެ ކޮމިޝަންގެ ނާއިބް ރައީސް ކަމުގެ މަޤާމުގައި ހުންނެވި އަލްއުސްތާޛު މުޙައްމަދު މުޖްތާޒް އަދި ނާއިބް ރައީސް ކަމަށް މުހައްމަދު ނާސިހް އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭއްވި ޖަލްސާގައި ވަނީ ރައިސުލްޖުމްހޫރިއްޔާ ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް އާއި ނާއިބް ރައީސް ގެ މަޤާމަށް ހުށަހެޅުއްވި ނަންތައް ހުށަހަޅުއްވާފައެވެ.

ނާއިބް ރައީސް ކަމަށް ހުށަހެޅި ނަމަކީ މުޙައްމަދު ނާޞިހް އެވެ. ނާސިހް އަކީ މިދިޔަ ދައުރު ކޮމިޝަންގެ ރައީސް އެވެ. މިއީ ނާސިހް ސިވިލް ސަރވިސް ކޮމިޝަންގައި މަސައްކަތްކުރައްވާ ދެވަނަ ދައުރެވެ.

މި ނަންތައް ދިރާސާކުރެއްވުމަށް މަސައްކަތާއި ބެހޭ ދާއިމީ ކޮމެޓީއަށް މިއަދު ވަނީ ފޮނުއްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު