Tuesday, November 3
ޕޮލިސީތަކާ ގުޅޭގޮތުން މުދައްރިސުންނަށް ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި
މި މަޝްވަރާކުރިއަށް ދިޔައީ ޞަލާޙުއްދީން ސްކޫލް، ކާމިލްދީދީ ޕްރައިމަރީ ސްކޫލް އަދި ހުރަވީ ސްކޫލްގެ މުދައްރިސުންނާ މިނިސްޓަރ ޑރ.އިސްމާޢީލް ޝަފީޢު ބައްދަލުކުރައްވާ ކުރެއްވި މަޝްވަރާގައެވެ. މުދައްރިސުންނާ ބައްދަލުކުރެއްވުމަށް ޞަލާޙުއްދީން ސްކޫލްގައި ބޭއްވި ޖަލްސާގައި މުދައްރިސުންނަށް ޝުކުރު އަދާކުރައްވާ، މިނިސްޓްރީން ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކުގެ މަޢުލޫމާތު މުދައްރިސުންނާ މިނިސްޓަރ ހިއްސާކުރެއްވިއެވެ. މީގެއިތުރުން، ޕޮލިސީތަކާއި ކަރިކިޔުލަމް ތަންފީޒުކުރުމުގައާއި، ތަޢުލީމީ ދާއިރާ އިތުރަށް ކުރިއެރުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން މުދައްރިސުންގެ ޚިޔާލު ހުށަހެޅުމަށް ފުރުޞަތު ހުޅުވާލެއްވިއެވެ. މި ބައްދަލުވުމުގައި މިނިސްޓަރގެ އިތުރުން މިނިސްޓްރީގެ އިސްވެރީން ބައިވެރިވެ ވަޑައިގެންނެވިއެވެ.  

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު