Saturday, October 31
ނޭޝަނަލް ސިންގަލް ވިންޑޯ "ޓްރޭޑިއަން" ރަސްމީކޮށް ބޭނުންކުރަން ފަށައިފި

ނޭޝަނަލް ސިންގަލް ވިންޑޯ "ޓްރޭޑިއަން" ރަސްމީކޮށް ބޭނުންކުރަން ފަށައިފިއެވެ.

ޓްރޭޑިއަން ޕްލެޓްފޯމް އޮޕަރޭޓްކުރާ ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑާއި، މޯލްޑިވްސް ކަސްޓަމްސް ސަރވިސް އާއި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑާއި، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އަދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް ގުޅިގެން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ އިމްޕޯޓް އަދި އެކްސްޕޯޓާއި ގުޅުންހުރި ބޯޑަރުގައި ޙަރަކާތްތެރިވާ ސަރުކާރުގެ އިދާރާތަކުން ފޯރުކޮށްދެމުން ގެންދާ، ހަތަރު ޚިދުމަތެއް، 21  ސެޕްޓެންބަރު 2025  ވާ އާދިއްތަ ދުވަހުން ފެށިގެން ފޯރުކޮށްދެވޭނީ، ހަމައެކަނި "ޓްރޭޑިއަން" ޕްލެޓްފޯމް އިން ކަމުގައެވެ.

21 ސެޕްޓެންބަރު 2025 އިން ފެށިގެން ހަމައެކަނި ޓްރޭޑިއަން ޕްލެޓްފޯމް އިން ދެވޭނެ ޚިދުމަތްތައް

  1. ފޮރިން ގޮއިން ވެސަލް ރަޖިސްޓްރީ ކުރުން
  2. ވެސަލް އެރައިވަލް / ޑިޕާޗަރ އިންފޮމޭޝަން ހުށަހެޅުން (އީޓީއޭ / އީޓީޑީ)
  3. ސީ ކާގޯ މެނިފެސްޓް ހުށަހެޅުން
  4. ޕޯކް އެންޑް ލިކަރ އިމްޕޯޓް ޕަރމިޓް ހުށަހެޅުން

އެ އިޢުލާނުގައިވާ ގޮތުން މި ޚިދުމަތްތަކަށް "ޓްރޭޑިއަން" ޕްލެޓްފޯމް މެދުވެރިކޮށް އެދެވޭނީ ހަމައެކަނި "ޓްރޭޑިއަން" ޕްލެޓްފޯމްގައި ރަޖިސްޓްރީވެފައިވާ ފްރައިޓް ފޯވަރޑަރުންނާއި ޝިޕިންގ އޭޖެންޓުން އަދި އިމްޕޯރޓަރުންނާއި އެކްސްޕޯރޓަރުންނަށެވެ.

މި އިޢުލާނާ ގުޅިގެން، އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން، "ޓްރޭޑިއަންގެ" ސަޕޯޓް ނަންބަރު 3334001 އަށް ގުޅުއްވުން، ނުވަތަ support@tradian.gov.mv އަށް އީމެއިލް ކުރެއްވުމަށް ވަނީ އެދިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު