"ލިބޭ މިންވަރު ނިކަން ދަނެގެން، ވި ބޭނުންތައް ބަހާލައިގެން، ތިބޭ ނަމައީ ފިކުރުކޮށްގެން، މި ބޭޒާރެއް ނުވެސް ވާނެ." ކުރީގެ ރައީސުންނާއި މަޖިލިސް މެމްބަރުންނަށް ދޭ ބައެއް އިނާޔަތްތައް ކުޑަކުރަން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވެފައިވާ އިރު، އެ މަނިކުފާނު ވަނީ ދައުލަތުގެ ވަޒީފާއަކުން ރިޓަޔާވުމުން ޕެންޝަން އިނާޔަތް ލިބެމުންދާ ފަރާތެއް އަލުން ދައުލަތުގެ ވަޒީފާއަކަށް އައުމުން، ވަޒީފާގައި ހުންނަ މުއްދަތުގައި އެ އިނާޔަތް މެދުކަނޑާލަންޖެހޭ ގޮތަށް ގަވާއިދުތައް އިސްލާހުކުރައްވާނެ ކަމަށްވެސް ވިދާޅުވެފައެވެ.Kureege Raeesunnah dhey pension ge minvaru kuda kuran alhugandah ves feney. Libey minvaru nikan dhanegen Vi beynunthah bahaalaigen Thibey namaee fikurukohgen Mibeyzaareh nuves vaaney
— Mohamed Nasheed (@MohamedNasheed) September 13, 2025

ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅުންނަށް ދޭ ޕެންޝަން ކުޑަކުރަން ތާއީދުކުރައްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، ގާނޫނުތަކަށް އިސްލާހު ގެނެސްގެން ކުރީގެ ރައީސުންނާއި މަޖިލިސް މެމްބަރުންނަށް ދޭ ބައެއް އިނާޔަތްތައް ކުޑަކުރަން ނިންމަވާފައިވާ ކަން މިދިޔަ ހަފްތާގައި ހާމަކުރައްވާފައެވެ. އެކަމާ ގުޅިގެން ރައީސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކުރީގެ ރައީސުންނަށް ދޭ ޕެންޝަންގެ މިންވަރު ކުޑަކުރަން އެ މަނިކުފާނަށްވެސް ފެނިވަޑައިގަންނަވާ ކަމަށެވެ.
އެ މަނިކުފާނުގެ ޕޯސްޓުގައި މިކަމަށް ތާޢީދު ކުރައްވާ ވަނީ ޅެންބައިތެއް ހިއްސާކުރައްވާފައެވެ.
މި ލިޔުން ކިޔާލުމުން





