Tuesday, November 3
ރާއްޖެއަށް 1.5 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފި

ރާއްޖެއަށް 1.5 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން މައުލޫމާތު ދިންގޮތުގައި 1.5 މިލިއަން ފަތުތުވެތިން ހަމަވީ މިއަދުއެވެ.

ރާއްޖެއަށް 1.4 މިލިއަން ފަތުތުވެރިން މޮދޮޔަ އޮގަސްޓް މަހުގެ 31 ގެ ނިޔަލަށް ވަނީ ޒިޔާރަތްކޮށްފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުގައިވާ ގޮތުގައި މިދިޔަ މަހުގެ 30ގެ ނިޔަލަށް ރާއްޖެއަށް ވަނީ 1,482,668 ފަތުރުވެރިން އައިސްފައެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުގައި ކޮންމެ ދުވަހު އެވްރެޖުކޮށް 4000 އާއި 5000 އާ ދެމެދުގެ ފަތުރުވެރިން ރާއްޖެއަށް އާދެއެވެ. އޮގަސްޓް މަހު ރާއްޖެއަށް 192،000 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ އައިސްފައެވެ.

މިދިޔަ އަހަރަކީ ރާއްޖޭގެ ޓޫރިޒަމްގެ 52 އަހަރުގެ ދިގު ތާރީހުގައި މީގެ ކުރިން އަހަރު ދުވަހުގެ ތެރޭގައި ދެ މިލިއަން ފަތުރުވެރިން އައި ފުރަތަމަ އަހަރެވެ. ސަރުކާރުން މި އަހަރަށް ކަނޑައަޅާފައިވާ އަމާޒަކީ 2.3 މިލިއަން ފަތުރުވެރިން ގެނައުމެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު