Tuesday, November 3
ސީއެސްސީގެ ޚިދުމަތުގެ މުއްދަތު ގުނާ ގޮތަށް ގެނައި ބަދަލު ބާތިލުކޮށްފި

ސިވިލް ސާވިސްއަށް ޚިދުމަތްކުރި މުއްދަތު ގުނާއިރު ދައުލަތުގެ އެހެން އިދާރާއެއްގައި ނުވަތަ ކުންފުންޏެއްގައި ޚިދުމަތްކުރި މުއްދަތު ވެސް ގުނާ ގޮތަށް ގެނައި ބަދަލު ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ން މިއަދު ބާތިލުކޮށްފިއެވެ.

ސިވިލް ސާވިސް ކޮމިޝަނުން މިއަދު ކުރި އިއުލާނުގައި ބުނީ، އެ ސާކިއުލާ ބާތިލުކޮށްފައިވާ ކަމަށެވެ. އިއުލާނުގައިވާގޮތުން ކުރިން ނިންމި ނިންމުން ބާތިލްކުރީ ސަރުކާރުގެ އެހެން އިދާރާތަކާ މަޝްވަރާކުރުމެވެ. އިތުރު އެއްވެސް ތަފުސީލެއް ހާމައެއްނުކުރެއެވެ.

ސީއެސްސީން ކުރިން ވަނީ ވަޒީފާއިން ރިޓަޔާކުރާއިރު ޚިދުމަތުގެ މުއްދަތު ގުނާއިރު ސަރުކާރުގެ މައި ހިއްސާ އޮންނަ ކުންފުނިތަކާއި ދައުލަތުގެ އެހެން އިދާރާތަކުގައި ޚިދުމަތްކުރި މުއްދަތު ގުނަން ނިންމާފައެވެ.

އެހެންވެ، އެ ފަދަ ވަޒީފާގެ ރިކޯޑު އޮތް މުވައްޒަފުން ތަޖުރިބާގެ ބަޔަށް އަޕްޑޭޓްކުރަން ސިވިލް ސާވިސް ކޮމިޝަނުން އެދުނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު