Tuesday, November 3
ސްޓެލްކޯގެ އެމްޑީ ވަކިކޮށް އެމަގާމަށް ޝަމާހް އައްޔަންކޮށްފި

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އެ މަގާމުން ވަކިކޮށް، މިފްކޯގެ ސީއީއޯގެ މަގާމުގައި މީގެ ކުރިން ހުންނެވި އަހުމަދު ސަމާހު ރަޝީދު އެ މަގާމަށް އައްޔަންކޮށްފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ވިދާޅުވީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑުގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުން މ. ފަތަޙަ، ހުސެއިން ފަހުމީ ވަކިކޮށް، އެމަގާމަށް މ. ސިސްކިން، އަޙްމަދު ޝަމާޙް ރަޝީދު އައްޔަނުކޮށްފައިވާކަމަށެވެ.

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް އައްޔަންކުރެއްވި އަޙްމަދު ޝަމާޙް މީގެ ކުރިން ވަނީ މިފްކޯގެ ސީއީއޯގެ މަޤާމު އަދާކުރައްވާފައެވެ.
ޝަމާހް
މިބަދަލާ ގުޅޭ އިތުރު ތަފްޞީލެއް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ހާމަކުރައްވާފައިނުވެއެވެ.

ފަހުމީ އަކީ ސްޓެލްކޯގައި 27 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.

ސަމާހް މިފްކޯގެ އެމްޑީކަމުން ސަސްޕެންޑްކުރުމަށް ފަހު މަގާމުން ވަކިކުރުމަށްފަހު  2024ގައި އޭނާވަނީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަންކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު