Tuesday, November 3
އަހްމަދިއްޔާ ސްކޫލްގެ އިނާމު ދިނުމުގެ ޖަލްސާ މެޑަމް ސާޖިދާ ޝަރަފުވެރިކޮށްދެއްވައިފި

އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ2023-2024 ވަނަ އަހަރުގެެ އިނާމުދިނުމުގެ ޖަލްސާ ރައިސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

މިއަދު ހެނދުނު އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި އެކަމަނާވަނީ

2023 އަދި 2024 ވަނަ އަހަރުގެ ޘާނަވީ އިމްތިހާނު ގެ ސާނަވީ ދަރިވަރުންގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާގެ '"ބްރިލިއަންސް ޓީޗަރ"" އިނާމާއި ""ބެސްޓް  އޯވަރޯލް ޓީޗަރ"' ލިބުނު ޓީޗަރުންނަށް އިނާމު ޙަވާލުކޮށްދެއްވާފައެވެ. މީގެ އިތުރުން ޘާނަވީ ތަޢުލީމު ނިންމާއިމްތިޙާނުތަކުން ޤައުމީ ގަދަ ދިހައެއްގެ އެއްވަނައަށް ހޮވުނު ދަރިވަރާއި، ޘާނަވީ ތަޢުލީމު ނިންމާއިމްތިޙާނުތަކުން މުޅި ދުނިޔެއިން އެކިވަނަ ހޯދި ތިން ދަރިވަރުންނާއި '"ބެސްޓް އޯލްރައުންޑް"' ޙާސިލްކުރި ތިން ދަރިވަރުންނަށް ވެސް އިނާމު ޙަވާލުކޮށްދެއްވީ އެ ކަމަނާއެވެ.

އިނާމު ދިނުމުގެ ޖަލްސާއަށްފަހު އެ ކަމަނާ ވަނީ އަހްމަދިއްޔާ ސްކޫލްގެ ހަނދާނީ ގެލެރީ ބައްލަވާލައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު