Tuesday, November 3
ޒުވާން ފިރިހެނަކު ގެއްލިގެން ހޯދަން ފަށައިފި

ބ ކެންދޫ ޒުވާން ފިރިހެނަކު މާލެއިން ގެއްލިގެން ހޯދަން ފަށައިފިއެވެ.
ފުލުހުން ބުނީ ގެއްލިގެން ހޯދަނީ ޝަހުމުﷲ ސާޖިދު (33އ) މަންޒިލް / ބ. ކެންދޫ ކަމަށެވެ.

'"އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް މި ސެޕްޓެމްބަރު މަހުގެ 04 ވަނަ ދުވަހުގެ ރޭ ފުލުހުންނަށް ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ގެންދަނީ ކުރަމުން"' ފުލުހުން ބުންޏެވެ.

ޝަހުމުﷲ ސާޖިދު މިހާރު ދިރިއުޅެމުންދަނީ މާލޭގައި ކަމަށް އާއިލާއިން މައުލޫމާތު ދީފައިވާ ކަމަށާއި ޝަހުމުﷲ ސާޖިދާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 ނުވަތަ މާފަންނު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9660183 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުންވަނީ އެދިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު