Tuesday, November 3
އެންސްޕާގެ ކައުންޓަރުގެ ޚިދުމަތްތައް އެހެންތަނަކަށް ބަދަލުކޮށްފި

ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ ކައުންޓަރުގެ ޚިދުމަތްތައް އެހެން އިމާރާތަކަށް ބަދަލުކުރަން ނިންމައިފިއެވެ.

އެ އެޖެންސީގެ ކައުންޓަރު ޚިދުމަތްތައް މިހާރު ދެނީ ހަވީރީ މަގު، ޖުވެނައިލް ކޯޓު ކައިރީ ހުންނަ ހ. ސަކައިމޫ އިމާރާތުގެ ހަ ވަނަ ފަންގިފިލާގައެވެ.

އެންސްޕާއިން  ބުނީ، އެ އެޖެންސީގެ ކައުންޓަރުގެ ޚިދުމަތްތައް އަންނަ އާދިއްތަ ދުވަހުން ފެށިގެން ލިބޭނީ ކެނެރީ މަގުގައި ހުންނަ މ. އުތުރުވެހިގެ ހަވަނަ ފަންގިފިލާއިން ކަމަށެވެ.

އެންސްޕާއަކީ ރާއްޖެއާއި ރާއްޖޭން ބޭރުން ކުރާ ބޭސްފަރުވާއާއި އެހެނިހެން ކަންކަމުގައި ދަތިވާފަރާތްތަކަށް  މާލީ އެހީ ދޭ ސަރުކާރުގެ އިދާރާއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު