Tuesday, November 3
މެލޭޝިޔާގެ މިނިވަންދުވަހުގެ ތަހުނިޔާ އެޤައުމުގެ ރަސްގެފާނަށާއި ބޮޑުވަޒީރަށް ރައީސް ފޮނުއްވައިފި
  ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މެލޭޝިޔާގެ މިނިވަންދުވަހުގެ ތަހުނިޔާ މެލޭޝިއާގެ ރަސްގެފާނު ހިޒް މެޖެސްޓީ ސުލްޠާން އިބްރާހީމާއި ބޮޑުވަޒީރު އަންވަރު އިބްރާހީމަށް ފޮނުއަވައިފިއެވެ. މިދެބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ވަކިވަކިން ފޮނުއްވި ތަހުނިޔާގެ މެސެޖުގައި، މިއަހަރުގެ އޭޕްރީލްމަހު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ސަބަބުން ދެޤައުމުގެ ދެމެދުގައި އޮތް އެއްބައިވަންތަކަމާއި ޒަމާންވީ ގުޅުން އިތުރަށް ވަރުގަދަވެފައިވާކަމަށް ވިދާޅުވިއެވެ. އެމަނިކުފާނުގެ މެސެޖުގައި ރާއްޖެއާއި މެލޭޝިޔާއާ ދެމެދުގައި އޮންނަ ގުޅުން ކުރިއަށް އޮތްތަނުގައިވެސް އިރުރަށް ބަދަހިވެ، އިޤްތިޞާދީގޮތުން ފުޅާވެ ދެޤައުމުގެ ރައްޔިތުންނަށްވެސް އިތުރުފުރުޞަތު ލިބިގެންދާނެކަމުގެ ޔަޤީންކަން އެބައޮތްކަމުގައިވެސް ފާހަގަކުރައްވާފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، މެލޭޝިޔާގެ ރަސްގެފާނަށާއި ބޮޑުވަޒީރަށް ދުޅަހެޔޮ ޞިއްޙަތަކަށް އެދިވަޑައިގެން، މެލޭޝިޔާގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގަންނަވާފައިވެއެވެ. އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓްގައި ވިދާޅުވީ މެލޭޝިއާއަކީ މުހިންމު ބައިވެރިއެއް ކަމަށާއި ކުރިއަށް އޮތް ތަނުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ދެ ޤައުމުން ގުޅިގެން އިތުރަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު