ރާއްޖޭގެ ފަތުރުވެރިކަމުގެ އެއްބާނީ ކަމަށްވާ މުހައްމަދު އުމަރު އަވަހާރަވުމާއި ގުޅިގެން މަނިކުގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ތައުޒިޔާ ފޮނުއްވައިފިއެވެ.
އެމަނިކުފާނު ސޯޝަލްމީޑިއާގައި ހިއްސާކުރެއްވި މެސެޖުގައި މާތްﷲ، މަރްްޙޫމް މުޙައްމަދު ޢުމަރު މަނިކުގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވައި ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާ މަރްޙޫމްގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދި ދުޢާ ކުރެއްވިއެވެ.
''ރާއްޖޭގެ ފަތުރުވެރިކަމުގެ އެއްބާނީ ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ މުޙައްމަދު ޢުމަރު މަނިކު އަވަހާރަވި ޚަބަރު އަޅުގަނޑު އެހީ ވަރަށް ފުން ހިތާމައާއެކުގައި. ރާއްޖޭގެ ފަތުރުވެރިކަން މިއަދާ ހަމައަށް ތަރައްޤީވެ ކުރިއަރައި ދިޔުމުގައި އެމަނިކުފާނު ކުރައްވާފައިވަނީ، ތަޢުރީފް ޙައްޤު މަސައްކަތްޕުޅުތަކެއް. ރާއްޖެއަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ފަތުރުވެރިންގެ ޚާއްޞަ މަންޒިލަކަށް ހެއްދެވުމުގައި އެމަނިކުފާނު ކުރެއްވި ބުރަ މަަސައްކަތްޕުޅުތަކާއި، އަދާކުރެއްވި ދައުރު ނުހަނު ބޮޑު'' ރައީސް ޑޮކްޓަރ މުހައްމަދު މުއިއްޒުގެ މެސެޖްގައިވެއެވެ.
މި ލިޔުން ކިޔާލުމުން