ރާއްޖޭގެ ފަތުރުވެރިކަމުގެ އެއްބާނީ މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އަވަހާރަވެއްޖެއެވެ.
ރާއްޖެއަށް ފަތުރުވެރިކަން ތައާރަފްކުރުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރެއްވި އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އަވަހާރަވީ ސިއްހީ ހާލުކޮޅު ދަށްވެ، ސިންގަޕޫރުގައި އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ.
ޓޫރިޒަމް ވިޔަފާރިކުރާ އެންމެ އެއް އަމިއްލަ ކުންފުނި ޔުނިވާސަލް އިން ނެރުނު ނޫސްބަޔާނެއްގައި ވަނީ ޗެއާމަން އެމްޔޫ މަނިކު އަވަހާރަވީ ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ހެނދުނު 6:30 (ރާއްޖޭ ގަޑިން ފަތިހު 3:30) ގައި ކަމަށެވެ.
އެމްޔޫ އުމަރު މަނިކަކީ ސަރުކާރުގެ އެކި މަގާމުތައް ވެސް ފުރުއްވާފައިފާ ޚިދުމަތްތެރި ބޭފުޅެކެވެ.
މި ލިޔުން ކިޔާލުމުން