Saturday, November 14
ޤައުމީ ކުތުބުޚާނާ އިން ޚިދުމަތްދޭ ވަގުތު އިތުރުކޮށްފި

ޤައުމީ ކުތުބުޚާނާ އިން ޚިދުމަތްދޭ ވަގުތު އިތުރުކޮށްފިއެވެ.

ޤައުމީ ކުތުބުޚާނާއިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ މިހާރެކޭ އެއްގޮތަށް ޤައުމީ ކުތުބުޚާނާ ހުޅުވިފައި ހުންނާނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ގައި ކަމަށާއި، ބަންދުކުރާ ގަޑި ހަވީރު 6:00 އަށް ބަދަލު ކުރެވިފައިވާ ކަމަށެވެ.

އެހެންކަމުން 01 ސެޕްޓެންބަރު 2025 އިން ފެށިގެން ޤައުމީ ކުތުބުޚާނާގެ ލައިބްރަރީ ހުޅުވާފައި ހުންނާނީ ހެނދުނު 9:00 އިން ހަވީރު 6:00 އަށް ކަމަށް އިޢުލާނުގައި ބުނެފައިވެއެވެ.

އަދި ކައުންޓަރުގެ ޚިދުމަތް ދޭނީ ހެނދުނު 9:15 އިން ހަވީރު 5:45 އަށް ކަމަށްވެސް އެ އިޢުލާނުގައި ބުނެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު