Saturday, October 31
ރެޒިޑަންސީ ބައި އިންވެސްޓްމަންޓް ޕްރޮގްރާމާ ބެހޭ ސްޓޭކްހޯލްޑަރ މަޝްވަރާތައް ފަށައިފި

ސަރުކާރުން ކުރިއަށް ގެންދާ ރެޒިޑަންސީ ބައި އިންވެސްޓްމަންޓް ޕްރޮގްރާމާ ބެހޭ ސްޓޭކްހޯލްޑަރ މަޝްވަރާ ބައްދަލުވުންތައް ފަށައިފިއެވެ.

އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މިއީ މި ޕްރޮގްރާމް ޑިޒައިން ކުރުމުގެ އެންމެ މުހިންމު އެއް މަރުޙަލާއެވެ.

ގިނަ އިދާރާތަކެއް ބައިވެރިވާ މި މަސައްކަތު ބައްދަލުވުންތަކުގައި ދުރު މުސްތަޤުބަލުގައި ސަރުކާރުން ބޭނުންވާ އިޤްޠިޞާދީ ލަނޑުދަނޑުތައް ޙާޞިލްކުރުމަށް މަގުފަހިވާނެގޮތަށް ޕްރޮގްރާމް ބައްޓަންކުރުމަށް އަހައްމިޔަތުކަމެއް ދެވިގެންދާނެ ކަމަށް އެ ވުޒާރާއިން ހާމަކުރެއެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ސަރުކާރާއި ހެންލޭ އެންޑް ޕާޓްނަރޒް އާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 01 ޖުލައި 2025 ގައި ބޭއްވުނު މޯލްޑިވްސް-ސިންގަޕޫރު ބިޒްނަސް ފޯރަމްގައެވެ. މި އެއްބަސްވުމުގެ ދަށުން ރާއްޖެއަކީ އިންވެސްޓްމަންޓަށް ފަހި މާޙައުލެއް ޤާއިމްވެފައިވާ މަންޒިލެއްގެ ގޮތުގައި ފައިތިލަ ސާބިތުކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު