ޕާކިސްތާނުގައި ވާރޭވެހި ހިނގި ފެންބޑުވުމުގެ ހާދިސާއާއި ގުޅިގެން އެތައްބަޔަކު މަރުވުމުގެ ހިާމަވެރި ހާދިސާއާ ގުޅިގެން ރައިސުލްޖުމުހޫރިއްޔާ އެކަމުގެ ހިތާމަފައުޅުކުރައްވާ ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.
އެމަނިކުފާނުގެ އެކްސް އެކައުޓުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފެންބޮޑުވުމުގެ ސަބަބުން ގެއްލުން ލިބުނު މީހުންނަށް ހަމްދަރުދީ ފާޅުކުރައްވައި އެހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ދިވެހި ސަރުކާރާއި ރާއްޔިތުން އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ތައުޒިޔާ ފޮނުއްވިއެވެ.
Deeply saddened by the tragic loss of lives and the large-scale devastation caused by the recent flash floods and heavy rains in Pakistan.
On behalf of the government and the people of Maldives, I extend our sincere condolences to the bereaved families and all those affected.…
— Dr Mohamed Muizzu (@MMuizzu) August 17, 2025
ޕާކިސްާނަށް ކުރިމަތިވި މިހިތާމަވެރި ދަނޑިވަޅުގައި ދިވެހިރާއްޖެވަނީ އެޤައުމުގެ ރައްޔިތުންނާއި އެކުގައިި ކަމަށް އެމަނިކުފާނުގެ މެސެޖްގައި ވިދާޅުވިއެވެ.
ޕާކިސްތާނަށް ކުރަމުންދާ ވިއްސާރައިގައި ފެން ބޮޑުވުމުގެ ހާދިސާގައި އެ ގައުމުގެ 200 އަށްވުރެ ގިނަ މީހުން މަރުވެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.
މި ލިޔުން ކިޔާލުމުން