މާޅޮސްމަޑުލު ދެކުނުބުރީ ކިހާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްފިއެވެ.
މި މަޝްރޫޢުގެ ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތު ބޭއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ބ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ކިހާދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގެ ތެރޭގައެވެ. މިރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ.
ކިހާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ކުރިއަށްގެންދިޔައީ، އެމްޓީ ހޯގާޑާ ހަވާލުކޮށްގެންނެވެ.
ކިހާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން އެރަށުން ގިރާފައިވާ ސަރަޙައްދުގެ ވެލިގަނޑު އިއާދަކުރުމަށް ވެލި އަޅާ، 548 މީޓަރުގެ ބޮޑުހިލައިގެ ތޮއްޓެއްލާފައިވެއެވެ.
ކިހާދޫ ގޮނޑުދޮށް ގިރުމުގެ މައްސަލަ ހައްލު ހޯދުމަށްޓަކައި ކިހާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ސަރުކާރުން އެމްޓީ ހޯގާޑާއި ހަވާލުކޮށްފައިވަނީ 2023ވަނަ އަހަރުގެ މޭއިމަހުގެ ތެރޭގައެވެ. މިއީ 15.6 މިލިޔަން ރުފިޔާގެ މަޝްރޫޢެކެވެ.
މި ލިޔުން ކިޔާލުމުން