Friday, November 6
އަނެއްކާވެސް ގެދޮރުވެރިޔާ ސްކީމާ ގުޅޭ ސްކޭމެއް، ސަމާލުވާން އެދެފި

ގެދޮރުވެރިޔާ ސްކީމަށް ކުރިން ލާފައިވާ ފޯމްތައް ބާާތިލުކޮށް އަލުން ފޯމުލުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް ބުނެ ދައުރުވަމުންދާ މެސެޖަކީ ސައްހަ ނޫން މެސެޖެއް ކަމަށާއި އެފަދަ މެސެޖުތަކަށް ސަމާލުވުމަށް ފުލުހުންގެ ޚިދުމަތުން ހަނދާންކޮށްދީފިއެވެ.

ގެދޮރުވެރިޔާ ސްކީމަށް ކުރިން ހުށަހަޅާފައިވާ ފޯމްތައް ބާާތިލުކޮށް އަލުން ފޯމުލުމުގެ ފުރުސަތު އެޗްޑީސީން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ލެވޭގޮތައް ހުލުވާލައިފިކަމަށާއި ފޯމް ވެބްސައިޓުން ލިބެން ހުންނާނެކަމަށް ބުނެ މެސެޖުތަކެއް ދަނީ ދައުރުވަމުން ނެވެ.

މީގެކުރިން ވެސް މި ސްކީމާ ގުޅިގެން ސްކޭމް މެސެޖުތަކެއް ދައުރުވަމުންދާތީ ފުލުހުންގެ ޚިދުމަތުން އެކަންކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައިވެ އެވެ. ސްކޭމްގެ އެފަދަ ލިންކެއް ލިބިއްޖެނަމަ 911 ރިޕޯޓް ކުރުމަށް ވެސް ވަނީ އެދިފަ އެވެ

ގެދޮރުވެރިޔާ ޕޯޓަލް އަކީ އީ-ފާސް މެދުވެރިކޮށް ލޮގިންވާ ގޮތަށް ފަރުމާ ކޮށްފައިވާ ޕޯޓަލް އެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު