Tuesday, October 13
ހުޅުމާލޭގައި އެސްޓީއޯގެ އައު ފާމަސީއެއް ހުޅުވައިފި

ހުޅުމާލޭގައި އެސްޓީއޯގެ އައު ފާމަސީއެއް ހުޅުވައިފިއެވެ.

މި ފާމަސީ ހުޅުވީ ހުޅުމާލެ ފޭސް 1 ގައެވެ.

އެސްޓީއޯއިން ހުޅުމާލޭގައި އަލަށް ހުޅުވި ފާމަސީ "އެސްޓީއޯ ފާމަސީ ސެންޓްރަލް" ގެ ޚިދުމަތް މިހާރު ވަނީ ރައްޔިތުންނަށް ފޯރުކޮށްދޭން  ފަށާފައެވެ.

 

މި ފާމަސީ އަކީ ކުރިން އެސްޓީއޯ ސްމާޓް ސްޓޯ ހިންގަމުން އައި ތަނުގައި ޤާއިމްކުރެވިފައިވާ ފާމަސީ އެކެވެ. އެއީ ހުޅުމާލޭ ހުވަނދުމާ ހިނގުމުގައި، ހުޅުމާލެ ހޮސްޕިޓަލް ކައިރި އެވެ.

މި ފާމަސީ ހުޅުވުމުގެ މައިގަނޑު މަޤްޞަދަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އެސްޓީއޯގެ ސިއްޙީ ޚިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެސްޓީއޯގެ އެހެނިހެން ފާމަސީތަކެކޭ އެއްފަދައިން، މި ފާމަސީން ބޭސް އަދި މެޑިކަލް ކޮންސިއުމަބަލްސްގެ އިތުރުން، ނެޕީ، ކޮސްމެޓިކްސް އަދި ނެބިއުލައިޒަރ ފަދަ ތަކެތި ވިއްކުމުގެ ޚިދުމަތް ފޯރުކޮށްދޭނެ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު