Wednesday, November 11
އިންޓަރސްކޫލް ނެޓުބޯޅަ މުބާރާތް އޮކްޓޫބަރުގައި، ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
އިންޓަރސްކޫލް ނެޓުބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ކުރި އިޢުލާނެއްގައި ބުނެފައިވާ ގޮތުން މި އަހަރުގެ ނެޓުބޯޅަ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޫބަރު މަހުގެ 19 ވަނަ ދުވަހުއެވެ.

މިގޮތުން އެ އެސޯސިއޭޝަނުން ވަނީ 26 ވަނަ އިންޓަރސްކޫލް ނެޓުބޯޅަ މުބާރާތުގައި ބައިވެރިވާން އެދޭ ސްކޫލްތަކުން 20 އޮގަސްޓް 2025 ގެ 14:00 ގެ ކުރިން ބައިވެރިވާ އުމުރުފުރާ އަދި މިމުބާރާތާއި ގުޅިގެން އެ ސްކޫލަކުން މުއާމަލާތްކުރާނެ ފަރާތެއްގެ ނަމާއި، ގުޅޭނެ ނަންބަރު އަދި އީމެއިލް އެޑްރެސް އެނގޭނޭގޮތަށް ލިޔުމަކުން އީމެއިލް ކުރުމަށް އެދިފައެވެ.

އަދި ޓީމްލިސްޓް 01 އޮކްޓޫބަރ 2025 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން އީމެއިލް ކުރުމަށްވެސް އެ އެސޯސިއޭޝަނުން ވަނީ އެދިފައެވެ.

މިމުބާރާތުގައި ތިން އުމުރުފުރާއަކުން ޓީމުތައް ބައިވެރިކުރެވޭނެއެވެ. އެއީ 13 އަހަރުން ދަށް، 15 އަހަރުން ދަށް އަދި 17 އަހަރުން ދަށުގެ އުމުރުފުރާއެވެ.

މި މުބާރާތާ ބެހޭ އިތުރު މަޢުލޫމާތު 7611112 އަށް ގުޅައިގެން ސާފުކުރެވޭނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު