Saturday, October 31
ޗައިނާ އިންޓަރނޭޝަނަލް އެގްރިކަލްޗަރަލް ޓްރޭޑް ފެއަރގައި ދިވެހި އުފެއްދުންތައް ދައްކާލުމުގެ ފުރުޞަތު ހުޅުވާލައިފި
22 ވަނަ ޗައިނާ އިންޓަނޭޝަނަލް އެގްރިކަލްޗަރަލް ޓްރޭޑް ފެއަރ (ސީ.އޭ.ޓީ.އެފް) ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ ޗައިނާގެ ޓިއަންޖިންގައި، މިއަހަރު އޮކްޓޫބަރ މަހުގެ 17 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މި ފެއަރގައި، ދިވެހި އުފެއްދުންތައް އެގްޒިބިޓްކޮށް، ގަތުމުގެ ފުރުޞަތު، ދިވެހި ރާއްޖޭގެ ވިޔަފާރިތަކަށް ހުޅުވިފައިވާކަމުގެ މައުލޫމާތު ޗައިނާ ސަރުކާރުގެ ފަރާތުން ފޯރުކޮށްދީފައިވާ ކަމަށެވެ.

ސީ.އޭ.ޓީ.އެފް ފެއަރ އަކީ، ޗައިނާގެ އިތުރުން، ދުނިޔޭގެ އެކިއެކި ޤައުމުތަކުގެ ދަނޑުވެރިކަމުގެ ދާއިރާ، ސީފުޑް އާއި މަސްވެރިކަމުގެ ދާއިރާ އަދި އިމްޕޯޓް އާއި ހޯލްސޭލްގެ ދާއިރާގެ ވިޔަފާރިތަކުގެ އިތުރުން، އާންމު ފަރާތްތަކުން ޒިޔާރަތްކުރާ ފެއާރ އެކެވެ. މި ފެއާރގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށާއި، ވިޔަފާރީގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް، ތަފާތު އެކި އެކި ހަރަކާތްތައް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.

އިޤުތިޞާދީ ވުޒާރާއިން ބުނީ މި ފެއާރގައި ބައިވެރިވާ ދިވެހި ވިޔަފާރިތަކުގެ ތެރެއިން އެންމެ ފުރަތަމަ ރެޖިސްޓަރ ކުރައްވާ 8 ބޭފުޅުންގެ ބޫތު ފީ އަދި ބޫތުގެ ކޮންސްޓްރަކްޝަން ހަރަދުތައް ޗައިނާގެ މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް ރޫރަލް އެފެއާޒް އިން ހިލޭ ފޯރުކޮށްދޭނެކަމަށް އަންގަވާފައިވާ ކަމަށާއި، މި އެކްސްޕޯގައި ބައިވެރިވުމަށް ލިބިފައިވާ ފުރުޞަތަކީ ރާއްޖޭގެ ދަނޑުވެރިކަމުގެ އުފެއްދުންތަކާއި މަހުގެ އުފެއްދުންތައް އިޝްތިހާރުކޮށް މާރކެޓް ކުރުމަށް ލިބޭ މުހިއްމު ފުރުޞަތެއް ކަމަށެވެ.

މި ފެއާރގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި 28 އޮގަސްޓް 2025 ވާ ބުރާސްފަތު ދުވަހުގެ 14:00ގެ ކުރިން އީމެއިލް ކުރެއްވުމަށް އެ ވުޒާރާއިން ވަނީ އެދިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު