Friday, November 6
މަޖިލީޙުގެ އެސްއޯއީ ކޮމިޓީ އާއި ޖުޑީޝަރީ ކޮމިޓީއަށް ބަދަލުތަކެއް ގެނެސްފި

ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީއާއި ޖުޑީޝަރީ ކޮމިޓީއަށް ބަދަލުތަކެއް ގެނެސްފިއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިއުލާނުކުރެއްވި ގޮތުގައި މަޖިލީހުގެ ދެ ކޮމިޓީއަކަަށް ބަދަލުތަކެއް ގެނެސްފައިވާކަން އިއުލާންކޮށްފައެވެ.

އެސްއޯއީ ކޮމިޓީގެ މުގައްރިރުގެ މަގާމުގައި އެ ކޮމިޓީގައި ހިމެނިވަޑައިގެންނެވިި ޝުޖާ ކޮމިޓީން ވަކިކޮށް އެ ކޮމިޓީއަށް އައްޔަންކުރައްވަނީ އިހަވަންދޫ ދާއިރާގެ މެންބަރު އަހްމަދު ރަޝީދު އެވެ.  ޖުޑީޝަރީ ކޮމިޓީން ވަކިކުރީ އެ ކޮމިޓީގެ ނައިބު މުގައްރިރު އަދި ހުރާ ދާއިރާގެ މެންބަރު ޑރ.އަނާރާ ނައީމެވެ. އާނާރާގެ ބަދަލުގައި ޖުޑީޝަރީ ކޮމިޓީއަށް އައްޔަންކުރީ ވިލިފުށީ ދާއިރާގެ މެންބަރު ހަސަން ވަހީދެވެ.

އިއްޔެ މާލިއްޔަތު ކޮމިޓީއަށްވެސް ބަދަލެއް ގެނެސްފައިވެއެވެ. އެ ކޮމިޓީން ޝުޖާ ވަކިކޮށް އެ ކޮމިޓީއަށް ގުރައިދޫ ދާއިރާގެ މެންބަަރު ހަނާން މުހައްމަދު ރަޝީދު އައްޔަންކޮށްފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު