Friday, November 6
ހުވާވޭ ކުންފުނީގެ ތަމްރީން ޕްރޮގްރާމަށް ރާއްޖޭގެ 4 ދަރިވަރަކު ހޮވިއްޖެ

ހުވާވޭ ކުންފުނީގެ ތަމްރީން ޕްރޮގްރާމަށް ރާއްޖޭގެ 4 ދަރިވަރަކު ހޮވިއްޖެއެވެ.

ޗައިނާގެ ހުވާވޭ ކުންފުނީގެ ފަރާތުން ތަމްރީނު ހާޞިލުކުރުމަށް ހުޅުވާލި "ސީޑްސް ފޮރ ދަ ފިއުޗަރ 2025" ޕްރޮގްރާމް އިފްތިތާޙްކުރުމުގެގޮތުން ބޭއްވި ހަފްލާ ޝަރަފުވެރިކޮށްދެއްވީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއިބެހޭ ވަޒީރު، ޑރ.ޢަލީ ހައިދަރު އަޙްމަދުއެވެ.

"ސީޑްސް ފޮރ ދަ ފިއުޗަރ 2025" ފްރޮގްރާމަކީ ޗައިނާގެ ހުވާވޭ ކުންފުނީގެ ފަރާތުން އިންފޮރމޭޝަން ޓެކްނޮލޮޖީ (އައި.ސީ.ޓީ) ދާއިރާ އިން ތަމްރީނު ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ދުނިޔޭގެ އެކި ޤައުމުތަކަށް ބައިވެރިވުމަށް ހުޅުވާލާފައިވާ ޕްރޮގްރާމެކެވެ. މިއީ އެކުންފުނީގެ ސީއެސްއާރުގެ ދަށުން ޒުވާނުން ތަމްރީން ކުރުމަށް ހުޅުވާލި ފުރުޞަތެކެވެ.

"ސީޑްސް ފޮރ ދަ ފިއުޗަރ 2025" ޕްރޮގްރާމަށް ހޮވުނު ދަރިވަރުން:

  1. ޒަޔާން އަބްދުﷲ ނާޒިލް- ވިލާ ކޮލެޖް
  2. ޔޫސުފް އަޔާން މުސްތާގް- ވިލާ ކޮލެޖް
  3. އިޔާން އަޒީޒް- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމް.އެން.ޔޫ)
  4. އަފާ އިސްމާޢިލް- ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖް

މި އޮގަސްޓް މަހުގެ 4 ވަނަ ދުވަހު ބޭއްވުނު މި ޙަފްލާގައި، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއިބެހޭ ވުޒާރާގެ ވަޒީރު، ޑރ.ޢަލީ ހައިދަރު އަޙްމަދުގެ އިތުރުން ޗައިނާގެ އެމްބެސެޑަރ، ކޮންގ ޒްޝިޔަންހުވާ، ދިވެހިރާއްޖެއަށް ކަނޑައެޅިފައިވާ ޑައިރެކްޓަރ، ޗެން ކެޔަން ބައިވެރިވަޑައިގަންނަވައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު