Friday, November 6
ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތު އައްޑޫގައި ބެލޭނެގޮތް ހަދައިފި

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ހުޅުވުމުގެ ރަސްމިއްޔާތު ބެލޭނެ އިންތިޒާމް މާލޭގެ އިތުރުން އައްޑޫ ސިޓީގައި ހަމަޖައްސައިފިއެވެ.

ވީއައިއޭ އިން މިއަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ މާލޭ، ހުޅުމާލޭ، ވިލިމާލެ އަދި އައްޑޫ ސިޓީގެ ފޭދޫގައި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ އައު ޓާމިނަލް ހުޅުވުމުގެ ރަސްމިޔާތު ބެލޭނެ ޕްލެޓްފޯމްތަކެއް ހަމަޖެހިފައިވާ ކަމަށެވެ.
މި ތާރީޚީ ހަފްލާ ބަލާލުމަށް މީގެ ކޮންމެ ތަނަކަށް ދިއުމުން ހަފްލާބެލޭނެ އިންތިޒާމްވަނީ ހަމަޖައްސާފައެވެ.

މީގެ އިތުރުން މިރޭގެ ޓާރމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި މާލޭގެ އެކި ސަރަހައްދުގައި ހަވާއެރުވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު