އާދިއްތަ, November 8
ޓާޓާ ހައުސިންގއާ އެކު ރާއްޖޭގައި ކުރިއަށްދާ މަޝްރޫޢުތަކުގެ ހާލަތާގުޅޭގޮތުން މަޝްވަރާކޮށްފި

މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް އޮނަރަބަލް ޠާރިޤް އިބްރާހިމް، ޓާޓާ ހައުސިންގ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ، މިސްޓަރ ސަންޖޭދަތު އަދި އެ ކުންފުނީގެ އިސް މެނޭޖްމަންޓް ޓީމާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ދިވެހިރާއްޖޭގައި އެ ކުންފުނިން ކުރިއަށްގެންދާ މަޝްރޫޢުތަކުގެ މިހާރުގެ ހާލަތާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.

މި ބައްދަލުވުން އޮތީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓްގައެވެ.

ބައްދަލުވުމުގެ މައިގަނޑު މަޤްސަދަކީ ޓާޓާ ހައުސިންގއިން ދިވެހިރާއްޖޭގައި ހިންގަމުންދާ މަޝްރޫޢުތަކުގެ ކުރިއެރުމާއި، އެ މަޝްރޫޢުތައް ހަލުވިކަމާއެކު ކުރިއަށް ގެންދެވޭނެ ގޮތްތަކާއި، ދިމާވާނެ އެއްވެސް ދަތިތަކެއް ހުރިނަމަ އެކަންކަން ހައްލުކުރުމާ ގުޅޭގޮތުން މަޝްވަރާކުރުން ކަމަށް ޓޫރިޒަމް  މިނިސްޓްރީން މައުލޫމާތުދެއެވެ.

ޓާޓާ ކުންފުނިން ރާއްޖޭގައި ވަރަށްގިނަ ހައުސިން ޕްރޮޖެކްޓްތައް ހިންގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު