އާދިއްތަ, November 8
‎މޮރޮކޯގައި އަރަބި ބަސް ކިޔެވުމުގެ ފުރުޞަތު ރާއްޖޭގެ އިމާމުންނަށް

މޮރޮކޯގައި އަރަބި ބަސް ކިޔެވުމުގެ ފުރުޞަތު ރާއްޖޭގެ އިމާމުންނަށް ލިބިފައިވާކަން އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެެވެ.

މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ މޮރޮކޯގައި އަރަބި ބަސް ކިޔެވުމުގެ ފުރުޞަތު ރާއްޖޭގެ އިމާމުންނަށް ފަހި ވެގެން ގޮސްފައިވާ ކަމަށެވެ.

އިމާމުންނަށް އަރަބި ބަސް ކިޔަވައިދޭން މޮރޮކޯގައި ޤާއިމުކޮށްފައިވާ ޚާއްޞަ އިންސްޓިއުޓަކީ ރަސްގެފާނުގެ ޚާއްޞަ ބެއްލެވުމުގެ ދަށުން ކުރިއަށްދާ އިންސްޓިއުޓެކެވެ. އެތަނުގައި ކިޔަވާ މީހުންނަށް އެކޮމޮޑޭޝަންގެ އިތުރުން ޕޮކެޓް މަނީ ވެސް ދެއްވަ އެވެ.

ވަޒީރު ވިދާޅުވީ އިމާމުން ކިޔަވަން ފޮނުވުމާ ގުޅޭ އެއްބަސްވުމުގައި މޮރޮކޯ ސަރުކާރާ އެކު ވަރަށް އަވަހަށް ސޮއި ކުރެވޭނެ ކަމަށެވެ. އަދި އެކަމާއި ގުޅޭ އެއްބަސްވުން މިހާރު ވަނީ އެ ވުޒާރާއަށް ލިބިފައި ކަމަށް ވެސް ވިދާޅުވި އެވެ.

އިމާމުން ތަމްރީނު ކުރުމާއި އިމާމުންގެ ފެންވަރު މަތިކުރުމަށް ސަރުކާރުން ވަރަށް ޚާއްސަ އިސްކަމެއް ދެއްވަ އެވެ.

މިދިޔަ ދޮޅު އަހަރުތަކޭ ވަރަށް ގިނަ ތަމްރީނުގެ ފުރުސަތު އިމާމުންނަށް ސަރުކާރުން ވަނީ ފަހިކޮށްދީފަ އެެވެ.

މީގެ އިތުރުން ޒުވާން އިމާމުން އުފެއްދުމަށް ވެސް ޚާއްސަ އިސްކަމެއް ދީގެން ވަރަށް ބޮޑު މަޝްރޫޢުއެއް ދަނީ ހިންގަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު