އާދިއްތަ, November 8
ރާއްޖެއަށް ކުރިމަތިވެފައިވާ ހުރަސްތަކަށް ހައްލު ހޯދައިދެއްވާނެ ކަމުގެ ޔަގީންކަން ޔޫއެންޑީޕީން ދީފި

ރާއްޖެއަށް މި ވަގުތު ކުރިމަތިވެފައިވާ ހުރަސްތަކަށް ހައްލު ހޯދައިދެއްވާނެ ކަމަށް ޔުނައިޓަޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑި.ޕީ.) އިން ދިވެހިރާއްޖެ އަށް ކަނޑައެޅުއްވި އައު ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް އަދްނާން ޗީމާ ވިދާޅުވެއްޖެއެވެ.

މި ބައްދަލުވުމުގައި ޗީމާ ވަނީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ އަބްދުﷲ ޚަލީލްއަށް ފަތްކޮޅު އަރުވާފައެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި ފޮރިން މިނިސްޓަރ އާއި އެކު ބޭއްވި ބައްދަލުވުމެއްގައެވެ.

އެމަނިކުފާނު ވަނީ  ދިވެހިރާއްޖެއަށް މި ވަގުތު ކުރިމަތިވެފައިވާ ހުރަސްތަކަށް ހައްލު ހޯދައިދީ، ދިވެހިރާއްޖެ އިން އިސްކަންދޭ ކަންތައްތައް ކުރިއެރުވުމަށް ޔޫ.އެން.ޑި.ޕީ. އިން ފޯރުކޮށްދެމުންދާ އެއްބާރުލުން އިތުރަށް ފުޅާކުރުމަށް އިތުރު ފުރުޞަތުތައް ހޯދުމަށް މަސައްކަތްކުރައްވާނެކަމުގައިވެސް ވިދާޅުވެފައެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ ޑޮކްޓަރ ޚަލީލް ވަނީ ޔޫ.އެން.ޑި.ޕީ.އިން ދިވެހިރާއްޖޭގެ ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ފޯރުކޮށްދެމުންދާ އެއްބާރުލުމާއި ބައިނަލްއަޤްވާމީ ފެންވަރުގައި ދިވެހިރާއްޖެ އިން އިސްކަންދޭ ކަންތައްތައް ކުރިއެރުވުމަށް ފޯރުކޮށްދެމުންދާ އެހީތެރިކަން ފާހަގަކޮށް، އެ ކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި، އެ މަނިކުފާނު ވަނީ ޔޫ.އެން.ޑި.ޕީ. ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް ޗީމާ ގެ ތަޖުރިބާއަށް ރިޢާޔަތްކޮށް، އެމަނިކުފާނުގެ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވްކަމުގެ ދައުރުގައި، ދިވެހިރާއްޖެއާއި ޔޫ.އެން.ޑި.ޕީ. އާ ދެމެދު އޮތް ގުޅުން އިތުރުށް ވަރުގަދަވެގެންދާނެކަމަށް ޤަބޫލުކުރައްވާކަމަށް ވިދާޅުވެފައެވެ.

ޔޫ.އެން.ޑި.ޕީ.ގެ އޮފީސް ދިވެހިރާއްޖޭގައި ޤާއިމުކޮށްފައިވަނީ 1978 ގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު