އާދިއްތަ, November 8
ސައޫދީ އަރަބިއްޔާއާއި ދިވެހިރާއްޖެއާ ދެމެދު އޮންނަނީ ވަރަށް ގާތް ގުޅުމެއް: ފޮރިންގ މިނިސްޓަރ
ސަޢޫދީ ޢަރަބިއްޔާއާއި ދިވެހިރާއްޖެއާ ދެމެދު އޮންނަނީ ވަރަށް ގާތް ގުޅުމެއް ކަމަށް ފޮރިންގ މިނިސްޓަރ ޑރ. އަބުދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ސައުދީ އަރބިޔާއިން ރާއްޖެއަށް އަލަށް ކަނޑައެޅުއްވި ސަފީރު އެމަނިކުފާނުގެ އަރިހަށް މިއަދު ކުރެއްވި އިހްތިރާމްގެ ޒިޔާރަތަށްފަހު ދެއްކެވި ވާހަކަފުޅުގައެވެ.

ޚާރިޖީ ވުޒާރާގައި މިއަދު ހެނދުނު ބޭއްވުނު މި ބައްދަލުވުމުގައި، މިނިސްޓަރ ޑޮކްޓަރ ޚަލީލް ވަނީ ސަފީރު ޔަޙްޔާ ހަސަން އަލްޤަހްޠާނީ، ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމުން އެކަމަށް ތަހުނިޔާ ވިދާޅުވެފައެވެ. މިނިސްޓަރ ގެ ވާހަކަފުޅުގައި އެމަނިކުފާނުގެ ސަފީރުކަމުގައި ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމުގައި ޔަޤީންކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި ސަޢޫދީ ޢަރަބިއްޔާއާއި ދިވެހިރާއްޖެއާ ދެމެދު އޮންނަނީ ވަރަށް ގާތް ގުޅުމެއް ކަމަށާއި ސަޢޫދީ ޢަރަބިއްޔާއިން ދިިވެހިރާއްޖޭގެ ތަރައްޤީއަށް ވެދެއްވަމުން ގެންދާ އެހީތެރިކަން ފާހަަގަކުރައްވައި އެކަމަށް ޝުކުރުއަދާކުރެއްވިއެވެ. މީގެ އިތުރުން، ސަޢޫދީ ސަރުކާރުން ނިމިދިޔަ ހައްޖު މޫސުމުގައި "މައްކާ ރޫޓް" އިނީޝިއޭޓިވްގައި ދިވެހިރާއްޖެ ހިމަނުއްވާފައިވާތީ، ސަޢޫދީ ސަރުކާރުގެ އިސްވެރިންނަށް ޝުކުރުއަދާ ކުރައްވާފައިވެއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރާއި ސަފީރު ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމާއި، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދެއްކެވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު