އާދިއްތަ, November 8
ޗައިނާގެ ޝެންޒެން ސިޓީއަށް މޯލްޑިވިއަންގެ ދަތުރުތައް މިރޭ ފަށަނީ

މޯލްޑިވިއަން އިން ޗައިނާގެ ޝެންޒެން އަށް ދަތުރުތައް ފަށަން ނިންމައިފިއެވެ.

މޯލްޑިވިއަން އިން ބުނީ، ޗައިނާގެ ޝެންޒެންއަށް ކުރާ ފުރަތަމަ ދަތުރު އޮންނާނީ މިރޭ ކަމަށެވެ.

އެ ސިޓީން ރާއްޖެއަށް ދަތުރު ކުރާނީ ބުދަ ދުވަހހު އެވެ.

ޝެންޒެންއަށް އަންނަ މަހުގެ 21 ގެ ނިޔަލަށް ކޮންމެ ހަފުތާއަކު އެއް ދަތުރު ކުރާނެ ކަމަށް ބުންޏެވެ.

މޯލްޑިވިއަން އިން އަންނަނީ އެ އެއާލައިންގެ ފުރަތަމަ ވައިޑްބޮޑީ އެއާކްރާފްޓް، އޭ-330 ގައި ޗައިނާގެ ޗެންގްޑޫ، ބެއިޖިން އަދި ޝެންހާއީއަށް ޝެޑިއުލް ދަތުރުތައް ކުރަމުންނެވެ.

މީގެ އިތުރުން ސައުތު އެފްރިކާ އަދި ޔޫރަޕަށް ދަތުރު ފެށުމަށް މޯލްޑިވިއަން އިން އަންނަނީ ތައްޔާރުވަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު