އާދިއްތަ, November 8
އައިލެންޑް އޭވިއޭޝަންގެ އިންޖިނިއަރިން ސަރވިސްގެ އައު އިމާރާތް ހުޅުވައިފި
އައިލެންޑް އޭވިއޭޝަންގެ އިންޖިނިއަރިން ސަރވިސް ބިލްޑިން ހުޅުވައިފިއެވެ. މި ބިލްޑިން ހުޅުވާފައިވަނީ އެ ކުންފުނީގެ އިންޖިނިއަރިން ޑިޕާޓްމަންޓްގައި ގިނަ ދުވަސްތަކެއްވަންދެން މަސައްކަތް ކުރެއްވި އަލްމަރްހޫމް އަލީ ފިރާޤްގެ ނަމާއި ގުޅުވައިގެން "އަލީ ފިރާޤް އިންޖިނިއަރިން ސަރވިސް ބިލްޑިން"ގެ ނަމުގައެވެ. މޯލްޑިވިއަންގެ އިންޖިނިއަރިން ސަރވިސް ބިލްޑިން ހުޅުއްވައިދެއްވީ އެކަމަށްޓަކައި އިއްޔެ ވީއައިއޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީނާއި އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާސްއެވެ. މޯލްޑިވިއަން އިން މައުލޫމާތުދެއްވި ގޮތުގައި މިއިމާރާތް އެޅުމުގެ ޚިޔާލް އަލްމަރްހޫމް އަލީ ފިރާޤް ދެއްވީ 2015 ވަނަ އަހަރުކަމަށެވެ. މޯލްޑިވިއަން އިން ބުނީ  މި އިމާރާތާއިއެކު މަސައްކަތް އިތުރަށް އަވަސްވެ އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު