Tuesday, November 3
އެމެރިކާގެ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި
އެމެރިކާގެ މިނިވަން ދުވަހުގެ ތަހުނިޔާ އެ ޤައުމުގެ ރައީސް ޑޯނަލްޑް ޓްރަމްޕަށާއި ސަރުކާރަށާއި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވައިފިއެވެ. އެޤައުމުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ސޯޝަލްމީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓުގައި އެމެރިކާގެ ރައީސް ޑޯނަލްޑް ޓްރަމްޕް އަށާއި އެޤައުމުގެ ރައްޔިތުންނަށް ވަނީ ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާފައެވެ. އެމަނިކުފާނުގެ މެސެޖުގައި އެ ޤައުމަށް މިނިވަންކަމާއި ކުރިއެރުމަށް ވަނީ އެދިވަޑައިގެންފައެވެ. މިއަހަރަކީ އެމެރިކާގެ 249 ވަނަ މިނިވަން ދުވަހެވެ. އެމެރިކާގެ މިނިވަން ދުވަސް ފާހަގަކުރަނީ، 1776 ވަނަ އަހަރު އޭރު އިނގިރޭސި ރަސްކަމުގެ ދަށުގައި އޮތުމުން ދާޚިލީ ހަނގުރާމައަކަށްފަހު ވަކިވެގަނެ ޖުލައި މަހުގެ 4 ވަނަ ދުވަހު މިނިވަންކަމުގެ މުޢާޚަދާ ތަސްދީޤު ކުރި ދުވަހުގެ ގޮތުގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު