ބީއެމްއެލްއިން މިއަދު ކުރި ޕޯސްޓެއްގައި ވަނީ، ލިމިޓް ހަމަޖައްސަން ބީއެމްއެލް ވެބްސައިޓުގެ ފޮރިން ލިމިޓް ޕޯޓަލްއިން ރަޖިސްޓާކޮށް ރުފިޔާ ޑެބިޓް ކާޑު ސިލެކްޓް ކުރެވޭނެ ކަމަށެވެ.
މީގެ އިތުރުން ބީއެމްއެލްއިން ބުނީ، ޑޮލަރު ލިމިޓަށް ގެނައި ބަދަލުގެ ސަބަބުން ރާއްޖޭން ބޭރުގައި ކިޔަވާ ދަރިވަރުންނަށް އަސަރެއް ނުކުރާނެ ކަމަށެވެ. އެހެންކަމުން މިހާރެކޭ އެއްގޮތަށް އެ ކާޑު ބޭނުންކޮށްގެން ނަގުދު ފައިސާގެ ގޮތުގައި 1،200 ޑޮލަރު ނެގޭނެއެވެ.
ބީއެމްއެލްއިން އިއްޔެ ވަނީ އެ ބޭންކުގެ ޑެބިޓް ކާޑު ލިމިޓަށް ބޮޑު ބަދަލެއް ގެނެސްފައެވެ. އެގޮތުން ކޮންމެ ޑެބިޓް ކާޑަކަށް ބޭންކު ރޭޓުން ދެމުން އައި ޑޮލަރު ލިމިޓް 250 ޑޮލަރުން 500 ޑޮލަރަށް ވަނީ ބޮޑު ކޮށްދީފައެވެ.





