ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކުގެ ކުރީގެ ގޯތީގެ ރަޖިސްޓަރީ އާއި އެއްބަސްވުން ބާތިލުކޮށް، އާ ރަޖިސްޓަރީ އާއި އެއްބަސްވުން ހާވަލުކުރަން ފަށަން ތައްޔާރުވެއްޖެއެވެ.
ހައުސިން މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ އެ ބަދަލާ ގުޅިގެން ކުރިން ދޫކޮށްފައިވާ ބަންޑާރަ ގޯތީގެ ރަޖިސްޓަރީ ބާތިލުކުރެވި، އަދި ކުރިން ސޮއިކޮށްފައިވާ ބަންޑާރަ ގޯތީގެ އެއްބަސްވުން އުވިގެންގޮސްފައިވާތީ، މިދިޔަ މަހުގެ ދެވަނަ ދުވަހު ކޮށްފައިވާ އިއުލާނުގެ ލިސްޓުގައިވާ ފަރާތްތަކަށް އާ ގޯތީގެ ރަޖިސްޓަރީ އާއި ގޯތީގެ އެއްބަސްވުން ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
"އެހެންކަމުން، 2025 ޖުލައި 01 ވާ އަންގާރަ ދުވަހު (މިއަދު) އިން ފެށިގެން 'ހިޔާވެހި ޕޯޓަލް' މެދުވެރިކޮށް 'ބަންޑާރަ ގޯތީގެ ރަޖިސްޓަރީ' އަދި 'ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުން' އާ ހަވާލުވުމަށް އެޕޮއިންޓްމަންޓަށް އެދުމުގެ ފުރުސަތު ހުޅުވާލަމެވެ" މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވެއެވެ.
މިނިސްޓްރީން ބުނީ ކޮންމެ ގަޑިއަކަށް ވެސް އެޕޮއިންޓްމަންޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ލިބޭނީ ކަނޑައެޅިފައިވާ ވަކި އަދަދެއްގެ ފަރާތްތަކަށް ކަމަށާއި މިމަހުގެ ހަތްވަނަ ދުވަހުގެ ހެނދުނު 9:30 އިން ފެށިގެން އާ ގޯތީގެ ރަޖިސްޓަރީ އާއި އެއްބަސްވުން ދޫކުރުމަށް ކަނޑައަޅާފައިވާ ކަމަށެވެ.
އެޕޮއިންޓްމަންޓަށް އެދޭ އިރު، ހިޔާވެހި ޕޯޓަލަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއި ޕޮއިންޓްމަންޓު ހަމަޖެހުމުން ގެންދަންޖެހޭ ލިޔެކިޔުންތައް މިނިސްޓްރީގެ އިއުލާނުގައި ވަނީ ހާމަކޮށްފައެވެ.
އުސޫލު ނަންބަރު 19 - ޖީ / 2022 (ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަޙައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު) ގެ ދަށުން ގުޅީފަޅުން ދޫކުރެވިފައިވާ ގޯތި ލިބިފައިވާ ފަރާތްތަކަށް އައު "ބަންޑާރަ ގޯތީގެ އެއްބަސްވުން" އަދި އައު "ބަންޑާރަ ގޯތީގެ ރަޖިސްޓްރީ" ދޫކުރުމާގުޅޭ
— Ministry of Construction, Housing & Infrastructure (@MoCImv) July 1, 2025
ގުޅިފަޅުގެ އާ ލޭންޑް ޔޫސް ޕްލޭންގެ ދަށުން ގެނެވުނު ބަދަލާ ގުޅިގެން ކުރިން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގޯތީގެ ލޮކޭޝަން ވަނީ ބަދަލުވެފައެވެ. މިދިޔަ މެއި މަހުގެ 30 ވަނަ ދުވަހު ވަނީ ގުރުނެގުން ވެސް ބާއްވައިފައެވެ.
މި ލިޔުން ކިޔާލުމުން